ބަޖެޓު 2026: އެންމެ ގިނައިން ރާއްޖެއަށް ހިލޭ އެހީ ލިބޭނެކަމަށް ލަފާކުރަނީ އިންޑިއާއިން
ސަން
3 ނޮވެމްބަރު 2025 | ހޯމަ | 3:54
އަންނަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ހިލޭ އެހީ ދޭނެ ގައުމަކީ އަވަށްޓެރި އިންޑިއާކަން، ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
އަންނަ އަހަރަށް ސަރުކާރުން ލަފާކުރާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓުގައިވާ ގޮތުން، ހިލޭ އެހީގެ ގޮތުގައި 373 ރުފިޔާ ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރެއެވެ.
ބަޖެޓުގައި މިނިސްޓްރީން ލަފާކުރާ ގޮތުގައި ހިލޭ އެހީގެ ގޮތުގައި ދޭދޭ ގައުމުތަކުން 85،631،189 ރުފިޔާ ދޭނެއެވެ. އޭގެ ތެރެއިންވެސް އެންމެ ގިނައިން ހިލޭ އެހީ ދޭނީ އިންޑިއާއިން ކަމަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، އިންޑިއާއިން 73،637،425 ރުފިޔާ ހިލޭ އެހީގެ ގޮތުގައި ލިބޭނެއެވެ.