ލަންޑަނުގެ ޓެކްސީތަކުގައި ރާއްޖެ އިޝްތިހާރު ކުރާ ކެމްޕޭނެއް ފަށައިފި

ސަން

3 ނޮވެމްބަރު 2025 | ހޯމަ | 5:37

ވިޒިޓް މޯލްޑިވްސްއިން އިނގިރޭސިވިލާތުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ސެންޓްރަލް ލަންޑަން ސަރަހައްދުގައި ޚާއްސަ ޓެކްސީ އެޑްވަޓައިޒިން ކެމްޕޭނެއް ފަށައިފިއެވެ.

ވިޒިޓް މޯލްޑިވްސްއިން ބުނީ އެ ކެމްޕޭން ކުރިއަށްގެންދިޔުމަށް ނިންމާފައި ވަނީ ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ދުނިޔޭގެ އެންމެ ބޮޑު އެއް ޓްރެވެލް އެންޑް ޓްރޭޑް ފެއާ ވޯލްޑް ޓްރެވެލް މާކެޓް (ޑަބްލިޔުޓީއެމް) ފެށުމަށް ތައްޔާރުވެފައިވާ ދަނޑިވަޅެއްގައި ކަމަށެވެ.

އެ ކުންފުނިން ބުނީ، ދެ މަހަށް ކުރިއަށްގެންދާ އެ ކެމްޕޭނުގެ ސަބަބުން ރާއްޖޭގެ ޗާލުކަން ލަންޑަނުގެ އެންމެ ހަލަބޮލި ސަރަހައްދުތަކުން ފެންނާނެ ކަމަށެވެ. އެ ކެމްޕޭނުގެ ދަށުން ޖުމްލަ 100 ޓެކްސީ އުޅަނދުގައި ރާއްޖޭގެ ނަމާއި ބްރޭންޑިންއާއި މަންޒަރުތައް ފެންނާނެ ގޮތަށް އިޝްތިހާރު ކުރާނެ ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުންޏެވެ.

މައުޟޫޢުތަށް