ޝަހީދު ހުސައިން އާދަމްގެ ހަނދާނީ ބިނާ، އުފަން ރަށް ކުޅުދުއްފުށީގައި ހުޅުވައިފި
ސަން
3 ނޮވެމްބަރު 2025 | ހޯމަ | 6:18
ރާއްޖެއަށް 1988ވަނަ އަހަރު ދިން އުދުވާނީ ހަމަލާގައި ގައުމަށްޓަކައި ޝަހީދުވި ކޯޕްރަލް ޝަހީދު ޙުސައިން އާދަމްގެ ހަނދާނުގައި އޭނާގެ އުފަން ރަށް، ކުޅުދުއްފުށި ސިޓީގައި ހަނދާނީ ބިނާއެއް މިއަދު ހުޅުވައިފިއެވެ.
މި ބިނާ ރަސްމީކޮށް ހުޅުވައިދެއްވީ ކުޅުދުއްފުށީގެ މޭޔަރު މުޙައްމަދު އާތިފާއި، ޝަހީދު ޙުސައިން އާދަމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަހުމަދު އާދަމާއި އެ އާއިލާގެ ދެ ކުދިން ކަމަށްވާ އައިޝަތު ޔުމްނާ އަޙުމަދާއި ފާތިމަތު ނީމް އަބްދުއްރަޝީދެވެ.
މި ރަސްމިއްޔާތުގައި އާތިފް ވިދާޅުވީ، މިނިވަންކަމަކީ ހިލޭ ލިބޭ އެއްޗެއް ނޫންކަން ވިސްނަން ޖެހޭ ކަމަށެވެ. އެގޮތުން، އެންމެ ފަހުން މި ގައުމުގެ މިނިވަންކަމުގެ އަގަކަށްވީ، މީގެ 37 އަހަރު ކުރިން ޝަހީދުވި ހުސައިން އާދަމްގެ ފުރާނަފުޅާއި އެ ދުވަހު ޝަހީދުވި އެންމެންގެ ލެޔާއި ފުރާނަ ކަމަށް އޭނާ ވިދާޅުވިއެވެ.