ލާމަސީލު ލާމު ވާހަކަދެއްކުމުގެ މުބާރާތުގެ އެންމެ މޮޅު ވާހަކަދެއްކުންތެރިއަކަށް އައިޝަތު ހުސްނު
ސަން
4 ނޮވެމްބަރު 2025 | އަންގާރަ | 4:47
ލާމަސީލު ލާމު ވާހަކަދެއްކުމުގެ ތިން ވަނަ އަތޮޅު މުބާރާތުގެ އެންމެ މޮޅު ވާހަކަދެއްކުންތެރިއަކަށް އައިޝަތު ޙުސްނު މުޙައްމަދު ހޮވި، މުޅި މުބާރާތުން އެއްވަނަ ކައުންސިލަކަށް އެ އަތޮޅު ގަމު ކައުންސިލް ހޮވިއްޖެއެވެ.
ހަމައެކަނި ހައްދުންމަތީގެ ކައުންސިލް ޓީމުތަކަށް އަމާޒުކޮށް ކުރިއަށް ގެންދިޔަ މި މުބާރާތުގެ ވަނަތައް ދީފައި ވަނީ، 14 އަހަރުން މައްޗާއި ދަށުގެ އުމުރު ފުރައަށް ވަކިންނެވެ.
އިއްޔެ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މުޅި މުބާރާތުން އެންމެ މޮޅު ތިން ދަރިވަރުންނާއި ކައުންސިލަށް ވަނީ އިނާމު ދީފައެވެ.