3 ނޮވެންބަރުން ލިބުނު އެއް ފިލާވަޅަކީ އަސްކަރީ ގާބިލް ފައުޖެއް އަބަދުވެސް އޮތުމުގެ މުހިންމުކަން: ހިލްމީ
ސަން
3 ނޮވެމްބަރު 2025 | ހޯމަ | 7:39
ނޮވެންބަރު 3, 1988ގެ އެންމެ މުހިންމު އެއް ފިލާވަޅަކީ މި ގައުމުގެ މިނިވަންކަން ދިފާއުކުރުމަށް، އަސްކަރީ ގާބިލް ފައުޖެއް އަބަދުވެސް އޮތުމުގެ ބޭނުންތެރިކަންކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވެއްޖެއެވެ.
ޗީފް އޮފް ޑިފެންސް ފޯސް މިހެން ވިދާޅުވީ ނަސްރުގެ ދުވަހާ ގުޅިގެން ޖުމްހޫރީ މައިދާނުގައި ކުރިއަށްގެންދިޔަ އަސްކަރީ ހުށަހެޅުން ފެށުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ ފަހުގެ ތާރީޚެއްގައި އެންމެ ނުރައްކާތެރި އުދުވާނެއް ހިނގީ ނޮވެންބަރު ތިން ވަނަ ދުވަހުގައިކަމަށެވެ. އެ ދުވަހު އެތައް ދަރިންނެއް ޔަތީމުވެ، އެތައް އަނބިންނެއް ހުވަފަތްވި ކަމަށް ހިލްމީ ވިދާޅުވިއެވެ.