އަސްކަރިއްޔާގެ ފަހުގެ އުޅަނދުތަކާއެކު، ސިފައިން ދައްކާލީ ދުޝްމަނުން ބަލިކުރާނެ ހުޝިޔާރު ގޮތްތައް!

ސަން

3 ނޮވެމްބަރު 2025 | ހޯމަ | 9:39

ކުއްލިއަކަށް ސިފައިންނަށް ލިބުނީ، ހައިރާން ކުރުވަނިވި ބިރުވެރި ޚަބަރެކެވެ. އެއީ، ކަނޑުމަގުން ރާއްޖެއަށް އައިސް، ދިވެހީން ރަހީނުކުރުމަށް ނިރުބަވެރިން ރާވާ ޚަބަރެވެ. އަދި، ސަރުކާރަށް ޑިމާންޑުތަކެއްކޮށް، ހަމަލާ ދިނުމަށް ރޭވިކަން އެނގުނެވެ.

ވަގުތާއި ހާލަތުގެ މުހިންމު ކަމުން ސިފައިން އަވަސްވެގަތީ، ގައުމު ދިފާއު ކުރުމުގެ މަސައްކަތް ފެށުމަށެވެ. އެ ކަމަށް ތައްޔާރުވުމަށް އެއްގަމާއި ކަނޑާއި ވައިގެ ބާރުތައް ހިމެނޭހެން ޖޮއިންޓް ޓާސްކްފޯހެއް އެކުލަވާލިއެވެ.

މިއަދު ފާހަގަކުރަމުން އަންނަ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހާއްސަ ހަރަކާތުގައި "ދުޝްމަނުންނާ" ދެކޮޅަށް ސިފައިން ހަރަކާތްތެރިވަނީ --- ފޮޓޯ/ ރައީސް އޮފީސް

މައުޟޫޢުތަށް