ހުއްދަ ނަގައިގެން ނޫނީ އެއްވެ އުޅުން މަނާކުރާ ގާނޫނު އުވައިލަން، އެމްޑީޕީން ހުށަހަޅައިފި

ސަން

3 ނޮވެމްބަރު 2025 | ހޯމަ | 10:12

އެއްވެ އުޅުމުގެ ގާނޫނުގެ ދަށުން މިނިވަން ކަމަށް ހުރަސް އެޅޭ ކަމަށް ބުނެ، އެ ގާނޫނު އުވަލައިން އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަޙުމަދު ނަސީމް ހުށަހެޅުއްވި އެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމަށް މާދަމާގެ ޖަލްސާއަށް އޮތީ އެޖެންޑާ ކޮށްފައެވެ.

އެ ބިލުގެ މަގުސަދެއް ކަމަށް ބުނެފައި ވަނީ، ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ މިނިވަންކަމުގެ ބޭނުން އެންމެ ފުޅާ ދާއިރާއެއްގައި ހިފުމުގެ ފުރުސަތު ދައުލަތުން ރައްޔިތުންނަށް ތަނަވަސްކޮށްދިނުމެވެ.

މައުޟޫޢުތަށް