އިޖުތިމާއީ ތަރައްގީއަށް އަމާޒުކޮށް ބާއްވާ ސަމިޓަކަށް، ނައިބު ރައީސް ގަތަރަށް
ސަން
3 ނޮވެމްބަރު 2025 | ހޯމަ | 11:12
ގަތަރުގައި ބާއްވާ "ސެކަންޑް ވޯލްޑް ސަމިޓް ފޯ ސޯޝަލް ޑިވެލޮޕްމަންޓް"ގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް އެ ގައުމުގެ ވެރިރަށް، ދޯހާއަށް މިރޭ ފުރާވަޑައިގެންފިއެވެ.
މަދާމައިން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ބާއްވާ އެ ސަމިޓުގައި އިޖުތިމާޢީ ތަރައްގީ ކުރިއެރުވުމާއި ފަގީރުކަން ނައްތާލުމާއި ވަޒީފާގެ ބާޒާރު ހަރުދަނާކުރުމާއި ޝާމިލް މުޖުތަމަޢެއް ބިނާކުރުމާ ބެހޭ ގޮތުން، މަތީ ފެންވަރުގެ މަޝްވަރާތަކެއް ބާއްވާނެއެވެ.
މި ސަމިޓުގައި ދުނިޔޭގެ ގިނަ ގައުމުތަކެއްގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާއިރު، ސަމިޓު ފެށުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ބަޔާނެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.