އައްޑޫ ސިޓީ ކައުންސިލުން ހުޅުދުއާއި މީދޫ ވަކިކުރައްވައިފި
ސަން
4 ނޮވެމްބަރު 2025 | އަންގާރަ | 1:24
އައްޑޫސިޓީ ކައުންސިލް އަލުން ކަނޑައަޅުއްވައި، އައްޑޫ މީދޫ ރަށު ކައުންސިލާއި އައްޑޫ ހުޅުދޫ ރަށު ކައުންސިލް ކަނޑައެޅުއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސް އެގޮތަށް ނިންމެވީ، އައްޑޫ ސިޓީ ކައުންސިލުން ވަކިވުމާ ގުޅޭ ގޮތުން ހުޅުދުއާއި މީދޫގެ އިތުރުން ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް މިދިޔަ މަހުގެ 25ގައި ވޯޓެއް ނެގި ފަހުންނެވެ.
އެ ވޯޓުގައި ބައިވެރިވީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 47 ޕަސެންޓު މީހުންނެވެ. އަދި ހުޅުދުއާއި މީދޫން ވަކި ދެ ކައުންސިލް ހަދަން ބޭނުންވާ ކަމަށް ބުނިއިރު، ފޭދޫން ނިންމީ ސިޓީ ކައުންސިލުގައި ދެމިއޮތުމަށެވެ.