ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބަރުކޮށް، ލަންކާއަށް ގެންދިޔަ ބިލިއަނަކަށް އަގުއަރާ މަސްތުވާތަކެތި އަތުލައިފި
ސަން
4 ނޮވެމްބަރު 2025 | އަންގާރަ | 10:19
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އެތައް ބިލިއަން ރުފިޔާއަށް އަގުއަރާ، މަސްތުވާތަކެތީގެ ޝިޕްމަންޓެއް ނަގައިގެން، ސްރީލަންކާއަށް ދިޔަ މަސްބޯޓެއް އެ ގައުމުގެ ހުޅަނގު އައްސޭރިން އިއްޔެ އަތުލައިގެންފިއެވެ.
ނިއުސް ފަސްޓް ލަންކާއިން ރިޕޯޓުކުރި ގޮތުގައި އިއްޔެ ލަންކާ ސިފައިން ވަނީ "ސީދޭވީ" ނަމަކަށް ކިޔާ މަސްވެރިކަން ކުރާ އުޅަނދެއް ހުއްޓުވައި، އެގައުމުގެ ޑިކޮވިޓާ ބަނދަރަށް އެ އުޅަނދު ގެންގޮސްފައެވެ.
ލަންކާ ފުލުހުން ބުނީ މި ބޯޓުން މަސްތުވާތަކެތި ބަރުކޮށްފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ކަމަށެވެ. މި ބޯޓުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކްރިސްޓަލް މެތަމްފެޓަމިން (އައިސް)ގެ 251 ކިލޯ އާއި 85 ކިލޯ ހެރޮއިން ފެނިފައިވާ ކަމަށް ލަންކާގެ ކޯސްޓު ގާޑް ސިފައިން ބުނެފައިވެއެވެ. އޭގެ މަގުމަތީ އަގު 5000 މިލިއަން ރުޕީސްއަށް އަރާ ކަމަށް ވެސް ބުނެފައިވެއެވެ.