ތަހުގީގުގައި ހަނު ހުރުމަށްފަހު ކޯޓުގައި ދޭ ހެއްކަކީ ތެދުކަން ސާބިތުކުރެވޭނެ ގޮތެއް ނެތް: ނާޒިމް
ސަން
4 ނޮވެމްބަރު 2025 | އަންގާރަ | 10:27
ފުލުހުންގެ ތަހުގީގުގައި ހަނުހުރުމަށް ފަހު ކޯޓުތަކުގައި ބައެއް ދިފާއުން ދެނީ ދޮގު ހެކިކަން ސާބިތުކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންގެ މަސްދަރު ހާމަކުރުމަށް އެންގޭ އިތުރު ހާލަތްތަކާ އެކީ، އެ މައުލޫމާތު ހާމަކުރުމަށް ހައިކޯޓަށް އަމުރު ނެރެވޭ ގޮތަށް ހެއްކާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު އަސްލަމް ހުށަހެޅުއްވި އިސްލާހަށް ބަހުސްކުރައްވަމުން ނާޒިމް ވިދާޅުވީ، ހެއްްކާ ބެހޭ ގާނޫނުގައި ހުރި ބައެއް މައްސަލަތަކުގެ ސަބަބުން ހެކި ބަލައިގަތުމާއި ވަޒަންކުރުމުގައި ކޯޓުތަކަށް ދަތިވެ ކުށްވެރިން މިނިވަންވަމުންދާ ކަމަަށެވެ.
ނާޒިމް ވިދާޅުވީ ޓެކްނޮލޮޖީއަށް އަންނަ ޒަމާނީ ބަދަލުތަކުގެ ސަބަބުން ހެކި ބަލައިގަންނަ ގޮތް ބަދަލުވާން ޖެހޭ ކަމަށާއި، ޒަމާނާ އެއްގޮތަށް ގާނޫނު އަދާހަމަވާން ޖެހޭ ކަމަށެވެ.