ބައެއް ފަނޑިޔާރުން ފައިސާއަށް ޓަކައި، ކުށްވެރިން ގާތަށް ގޮސް ކުށުން ސަލާމަތްވެވޭނެ ގޮތް ކިޔައިދޭ: ޣަފޫރު

ސަން

4 ނޮވެމްބަރު 2025 | އަންގާރަ | 11:59

ބޭއިންސާފުން ބައެއް ފަނޑިޔާރުން ހުކުމްކުރައްވާ ކަމަށާއި، އޭގެ ތެރެއިން ބައެއް ފަނޑިޔާރުން ކުށްވެރިންގެ ގާތަށް ގޮސް ފައިސާ ހޯދުމަށްފަހު، ކުށް ސާބިތުނުވެ، ސަލާމަތްވާނެ ގޮތް ކިޔައިދޭ ކަމަށް، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ މިއަދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ މަސްދަރު ހާމަކުރުމަށް އެންގޭ އިތުރު ހާލަތްތަކާ އެކީ، އެ މައުލޫމާތު ހާމަކުރުމަށް ހައިކޯޓަށް އަމުރު ނެރެވޭ ގޮތަށް ހެއްކާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު އަސްލަމް ހުށަހެޅުއްވި އިސްލާހަށް ބަހުސްކުރައްވަމުން އަބްދުލްޣަފޫރު ވިދާޅުވީ ދިވެހިރާއްޖެ ހިނގަނީ ކުށްވެރިންގެ ދައުލަތަކާއި ރަނގަޅަށް މަސައްކަތްކުރާ ބައެއްގެ ދައުލަތެއްގެ މައްޗަށް ކަމަށެވެ.

"ކުށްވެރިން ކައިރިއަށް ގޮސް ބައެއް ފަނޑިޔާރުން ފައިސާ ހޯދުމަށް އެ މައްސަލައިގައި ސަލާމަތްވާނެ ގޮތްތައް ކިޔައިދޭ މަންޒަރުވެސް އަޅުގަނޑުމެންނަށް ބައެއް ފަހަރު ފެނިފައިވޭ، އަޅުގަނޑު މި ދަންނަވަނީ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ފަނޑިޔާރުންނަކީ ގޯސް ފަނޑިޔާރުންނެއް ނޫން، އެހެން ނަމަވެސް ހަމަ އެކަށީގެންވާ އަދަދަށް ގޯސް ހަދާ ފަނޑިޔާރުން އެބަ އުޅޭ އިއްޒަތްތެރި ރައީސް، އެކަންކަން ހައްލުނުވެ މި ދަނީ," އަބްދުލްޣަފޫރު ވިދާޅުވިއެވެ.

މައުޟޫޢުތަށް