އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ރިވިއުގައި ރާއްޖޭން ބައިވެރިވަނީ

ސަން

4 ނޮވެމްބަރު 2025 | އަންގާރަ | 11:46

އދ.ގެ މެންބަރު ގައުމުތަކުގައި އިންސާނީ ހައްގުތައް ކަށަވަރުކޮށްދެވިފައިވާ މިންވަރާ ބެހޭ ގޮތުން ރިވިއުުކުރުމަށް ބާއްވާ ޔުނިވާސަލް ޕީރިއަޑިކް ރިވިއު (ޔޫޕީއާރް)ގެ 50ވަނަ ސެޝަން، ރާއްޖޭގެ ބައިވެރިވުމާއެކު އިއްޔެ ޖެނީވާގައި ފަށައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، މި މަހުގެ 14ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ސެޝަންގެ ތެރެއިން އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން 14 ގައުމެއްގައި އިންސާނީ ހައްގުތައް ކަށަވަރުކޮށްދެވިފައިވާ ގޮތް ވަޒަންކުރާނެ ކަމަށެވެ.

އެ ގައުމުތަކުގެ ތެރޭ، ދިވެހިރާއްޖޭ، ޔޫރަޕުގެ ކުޑަ ގައުމެއް ކަމަށްވާ އެންޑޯރާ، ބެލަރުސް، ބަލްގޭރިއަ، ކްރޮއޭޝިއާ، ހޮންޑުރަސް، ޖަމައިކާ، ލީބިޔާ، ލީބިޔާ، ލައިބީރިއާ، މަލާވީ، މޮންގޯލިއާ، މާޝަލް އައިލޭންޑްސް، ޕަނަމާ އަދި އެމެރިކާ ހިމެނެއެވެ.

މައުޟޫޢުތަށް