އޮސްޓްރޭލިއާގެ ޕެޓްރޯލު ބޯޓުން ރާއްޖޭގެ ކަނޑުގެ ސަލާމަތް ބަލަހައްޓަން މުހިންމު ދައުރެއް އަދާކުރާނެ: ހާރިޖީ ވުޒާރާ
ސަން
4 ނޮވެމްބަރު 2025 | އަންގާރަ | 1:13
އޮސްޓްރޭލިއާގެ ޕެޓްރޯލު ބޯޓުން ރާއްޖޭގެ ކަނޑުގެ ސަލާމަތުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ހާރިޖީ ވުޒާރާއިން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި މިހެން ބުނީ އިއްޔެ ކެންބަރާގައި އޮސްޓްރޭލިއާ ސަރުކާރާއި ދިވެހި ސަރުކާރުން ބޭއްވި އޮސްޓްރޭލިއާ-މޯލްޑިވްސް ސީނިއާ އޮފިޝަލުންގެ ދެވަނަ މަޝްވަރާ ބައްދަލުވުމަށްފަހުއެވެ.
ހާރިޖީ ވުޒާރާ އިން ބުނީ މި މަޝްވަރާތަކުގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ ފަސްޓް އެސިސްޓެންޓް ސެކްރެޓަރީ ސާރާ ސްޓޯރީ އާއި ހާރިޖީ ވުޒާރާގެ ސެކްރެޓަރީ ޑރ. ހާލާ ހަމީދު ކަމަށެވެ.