ހެޔޮ އަގެއްގައި އަމިއްލައަށް އުމްރާއަށް ދިއުމަށް ސައުދީ ސަރުކާރުން ޚާއްސަ ޕެކޭޖުތަކެއް ތައާރަފްކޮށްފި
ސަން
4 ނޮވެމްބަރު 2025 | އަންގާރަ | 3:40
ގުރޫޕަކާ ނުލައި ވަކިން, އަގުހެޔޮކޮށް އުމްރާއަށް ދާން ބޭނުންވާ ފަރާތްތަކަށް ސައުދީ އަރަބިއްޔާގެ ހައްޖާއި އުމްރާ މިނިސްޓްރީން ޚާއްސަ ޕެކޭޖުތަކެއް ލޯންޗުކޮށްފިއެވެ.
"ނުސޫކު އުމްރާ"ގެ ނަމުގައި ސައޫދީގެ ހައްޖާއި އުމްރާ މިނިސްޓްރީން ލޯންޗްކުރި މި ޚިދުމަތާއެކު، ކޮންމެހެން ސީދާ އެމްބަސީއަށް ނުގޮސް އޮންލައިންކޮށް އެ މީހަކަށް ފަސޭހަ ޕެކޭޖެއް ނެގޭނެއެވެ.
މި ޚިދުމަތުގެ ބޭނުންހިފައި އުމްރާއަށް ދާ މީހުންގެ ކަންކަން ސައޫދީގެ ހައްޖާއި އުމްރާ މިނިސްޓްރީން ބެލެހެއްޓުމުގެ އިތުރުން، އެ މީހުންނަށް އިންޝުއަރެންސް ލިބޭނެ ކަމަށް، އެ މިނިސްޓްރީން އާންމުކުރި މައުލޫމާތުގައިވެއެވެ.