ކޮޅުވެއްޓި ބަންޑުން ޖަހާލުން: މަސައްކަތްތެރީންގެ ސަލާމަތަށް އިސްކަން ދިނުމަށް ރައީސްގެ އިލްތިމާސެއް
ސަން
4 ނޮވެމްބަރު 2025 | އަންގާރަ | 5:32
މާލޭ، އެމްޕީއެލްގެ މައި ބަނދަރާ ދިމާލުން ބޭރުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި، ދެ މުވައްޒަފުން މަރުވި ހާދިސާއާ ގުޅިގެން، މަސައްކަތްތެރިންގެ ސަލާމަތަށް އިސްކަންދޭން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު އިލްތިމާސްކުރައްވައިފިއެވެ.
ބަންޑުން ޖަހާލި ކޮޅުވެއްޓީގައި ތިބި 14 މީހުންގެ ތެރެއިން އައިޖީއެމްއެޗްގައި ހަ މީހަކަށް ފަރުވާދިންއިރު، އޭގެ ތެރެއިން ދެ މީހަކު ވަނީ ނިޔާވެފައެވެ. އެއީ އުމުރުން 25 އަހަރުގެ އަލީ އަފްލާހު އަބްދުالله އާއި ބަންގްލަދޭޝްގެ އުމުރުން 32 އަހަރުގެ މަސޫދު ހޮސައިނެވެ.
އޭގެ ތެރެއިން، މަސޫދު މިދިޔަ އާދިއްތަ ދުވަހު ހަވީރު ނިޔާވިއިރު އަފްލާހު ނިޔާވީ އާދިއްތަަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ.