ފާޑުކިޔުންތައް އަމާޒުވެފައިވާ އޭސީސީގެ އަންނަ އަހަރުގެ ބަޖެޓު ނުވަ ޕަސެންޓް ކުޑަ ކޮށްފި
ސަން
4 ނޮވެމްބަރު 2025 | އަންގާރަ | 9:56
މަސްއޫލިއްޔަތު އަދާނުކުރެވޭ ބުނެ ފާޑުކިޔުންތައް އަމާޒުވެފައިވާ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އަންނަ އަހަރުގެ ބަޖެޓު މިއަހަރު އެ ކޮމިޝަނަށް ޚަރަދު ކުރާވަރާ އަޅައިބަލާއިރު، ނުވަ އިންސައްތަ ކުޑަކޮށްފިއެވެ.
އަންނަ އަހަރަށް ސަރުކާރުން 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާއިރު، އެ ބަޖެޓުގައި ވަނީ، އޭސީސީއަށް 47 މިލިއަން ރުފިޔާ ކަނޑައަޅައިފައެވެ. އެއާ ޚިލާފަށް، މި އަހަރު އެ ކޮމިޝަނަށް 52 މިލިއަން ރުފިޔާ ޚަރަދުކުރާނެ ކަމަށް ބަޖެޓުގައިވެއެވެ.
ވީމާ، މިއަހަރާ އަޅައިބަލާއިރު، އަންނަ އަހަރު އޭސީސީގެ ބަޖެޓު ވަނީ ނުވަ އިންސައްތަ ކުޑަކޮށްފައެވެ.