ޕެންޝަން އޮފީހުގެ ސީއެފްއޯ ފަޖުވާ ވެސް އިސްތިއުފާ ދެއްވައިފި
ސަން
4 ނޮވެމްބަރު 2025 | އަންގާރަ | 7:28
ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ހައްވާ ފަޖުވާ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ފަޖުވާ 'ލިންކްޑްއިން'ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ، އެކަމާ ގުޅޭ ގޮތުން ފުންކޮށް ވިސްނެވުމަށްފަހު، ޕެންޝަން އޮފީހަށް އިސްތިއުފާ ހުށަހަޅުއްވާފައިވާ ކަމަށެވެ. ނަމަވެސް އިސްތިއުފާ ދެއްވަން ނިންމެވި ސަބަބެއް ހާމައެއް ނުކުރައްވައެވެ.
ޕެންޝަން އޮފީހުގެ މާލީ ކަންކަމުގައި އެންމެ އިސްކޮށް ހުންނެވި ފަޖުވާ އިސްތިއުފާ ދެއްވިއިރު، މިދިޔަ މަހު ޕެންޝަން އޮފީހުގެ ބޯޑުން ވަނީ މަރުކަޒީ ބޭންކް، އެމްއެމްއޭއާ އެކު ފައިސާގެ މުއާމަލާތެއް ކުރަން ފާސްކޮށްފައެވެ. އެއީ، ޕެންޝަން އޮފީހާ ގުޅިގެން އެމްއެމްއޭއިން ސެކަންޑަރީ މާކެޓުގައި ސަރުކާރުގެ ބޮންޑެއް ވިއްކާ ގޮތަށެވެ. އެއީ ފައިސާ ޗާޕުކުރުން ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.