ގެދޮރުވެރިޔާ ސްކީމުގެ ފޯމެއް ކަމަށް ބުނެ ފޮނުވާ ލިންކަކުން ސްކޭމްކުރަނީ
ސަން
5 ނޮވެމްބަރު 2025 | ބުދަ | 11:12
ގެދޮރުވެރިޔާ ސްކީމްގެ ނަމުގައި ސްކޭމެއް ހިންގާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އިއްޔެ ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ވަނީ, ސްކޭމްކުރާ ބަޔަކު ފޮނުވާ މެސެޖެއްގެ ސްކްރީންޝޮޓެއް އާންމުކޮށްފައެވެ. އެ މެސެޖުގައި ވަނީ ގެދޮރުވެރިޔާ ސްކީމަށް ކުރިން ލައިފައިވާ ފޯމުތައް ބާތިލުކޮށް، އަލުން ފޯމުލުމުގެ ފުރުސަތު ހުރިހާ ދިވެހީންނަށް ހުޅުވާލައިފައިވާ ކަމަށެވެ.
އެ މެސެޖުގައިވަނީ ފޯމު ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ބުނެ ލިންކެއް ވެސް ހިމަނައިފައެވެ.