މޭޔަރު ކަމުގެ ދެވަނަ ދައުރެއްގެ ކެމްޕެއިން އާޒިމް ފައްޓަވައިފި

ސަން

5 ނޮވެމްބަރު 2025 | ބުދަ | 10:51

އިދިކޮޅު އެމްޑީޕީގެ ޓިކެޓްގައި މާލޭގެ މޭޔަރުކަމުގެ މަގާމުގައި ހުންނެވި, އާދަމް އާޒިމް, ދެވަނަ ދައުރެއްގެ ކެމްޕެއިން ރޭ ފައްޓަވައިފިއެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި އާޒިމް ރޭގައި ވަނީ އޭނާގެ ގާތްބޭފުޅުންނާއެކު ސޮލައިޓް ރެސްޓޯރެންޓްގައި ބައްދަލުވުމެއް ބާއްވައިފައެެވެ. އެ ބައްދަލު ކުރެއްވުމުގައި އާޒިމް ވަނީ އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ދެ ވަނަ ދައުރަކަށް ވާދަ ކުރައްވާނެކަން އިއުލާން ކުރައްވައިފައެވެ.

ރޭގެ ބައްދަލު ވުމުގައި އާޒިމް ވަނީ އޭނާގެ މޭޔަރުކަމުގައި އަދި ދެ އަހަރު ނުވާއިރު ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން ފާހަގަ ކުރައްވައިފައެވެ. އޭގެ ތެރޭގައި މާލޭގައި ފެންބޮޑުވުން ހައްލުނުވެ އޮތް ޒަމާނީ މައްސަލަ ހައްލު ކުރެއްވުމަށް ގެންނެވި ޕަންޕާއި ކާނުތައް ސާފު ކުރުންފަދަ ކަންކަން ފާހަގަ ކުރެއްވެވިއެވެ.

މައުޟޫޢުތަށް