ބާ ކައުންސިލަށް އެސްޖީއެއް ހޯދަނީ، މުސާރަ 40،500 ރުފިޔާ
ސަން
5 ނޮވެމްބަރު 2025 | ބުދަ | 2:37
ރާއްޖޭގެ ބާ ކައުންސިލަށް ސެކްރެޓަރީ ޖެނެރަލަކު ހޯދަން އެ ކައުންސިލުން އިއުލާންކޮށްފިއެވެ.
ބާ ކައުންސިލަށް އެސްޖީއެއް ހޯދަން އިއްޔެ ކުރި އިއުލާނުގައި ވަނީ، އެ މަގާމު އުޖޫރައަކީ މަހަކު 40,500 ރުފިޔާ ކަމަށެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި ދޭ 20,500 ރުފިޔާއާއި ލިވިން އެލަވަންސްގެ ގޮތުގައި ދޭ 14,000 ރުފިޔާއާއި ސާވިސް އެލަވަންސްގެ ގޮތުގައި ދޭ 5,000 ރުފިޔާގެ އިތުރުން ފޯން އެލަވަންސްގެ ގޮތުގައި ދޭ 1,000 ރުފިޔާއެވެ.
އެ އިއުލާނުގައިވާ ގޮތުން ބާ ކައުންސިލުގެ އެސްޖީގެ މަގާމަށް މީހަކު އައްޔަންކުރަނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. އެހެން ނަމަވެސް، މަސައްކަތުގެ ފެންވަރަށް ބަލައި، އެސްޖީއަށް ކަނޑައަޅާފައިވާ މުއްދަތު އިތުރުކުރެވޭނެ ކަމަށް އިއުލާނުގައިވެއެވެ.