މެންބަރުން ގުޅާތީ އެފްއެސްއެމް އެމްޑީގެ ނުރުހުން: ސިޔާސީ މީހަކު ގުޅަން ޖެހޭނެ ސަބަބެއް ނޯންނާނެ!
ސަން
5 ނޮވެމްބަރު 2025 | ބުދަ | 2:01
ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މުވައްޒަފުންނަށް ފިޔަވަޅު އަޅާތީ އެކަން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިމެނިވަޑައިގަންނަވާހެން ސިޔާސީ ބޭފުޅުން ގުޅައި މެސެޖުނުކުރެއްވުމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު އާޝާން މިއަދު އެދިވަޑައިގެންފިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އޮޕަރޭޝަންތަކަށް ބޭނުންވާ ޑީސެލް ގަތުމުގެ މުއާމަލާތްތަކާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގައި ކެލާ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ޝަރީފް ވަނީ އެފްއެސްއެމްގެ ވަޒީފާތަކަށް އެހާ ބޮޑު ޑިމާންޑެއް އޮންނަނީ ކީއްވެތޯ ސުވާލުއުފައްދަވައިފައެވެ.
ވަކިން ޚާއްސަކޮށް އެ ކުންފުނިން 30،000 ރުފިޔާއާ ހަމައަށް މުސާރަ ލިބޭ ވަޒީފާއަކުން ވެސް ކުއްލިއަކަށް ބޮޑު މުއްސަނދިކަމެއް ހޯދާފައި އެބަހުރިކަމަށާއި، އެފަދަ ވަޒީފާތައް ހޯދުމަށް މެންބަރުންނަށް ގުޅާ މީހުންގެ އަދަދު އިތުރުކަމަށް ވިދާޅުވެ އޭނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.