ކޮލެޖު ހިންގާތާ 15 އަހަރުވުމުން ޔުނިވާސިޓީއެއްގެ ދަރަޖަ ލިބޭ ގޮތަށް ބިލު ފާސްކޮށްފި

ސަން

5 ނޮވެމްބަރު 2025 | ބުދަ | 3:31

ކޮލެޖެއް ހިންގާތާ 15 އަހަރުވެފައިވާނަމަ އެ ކޮލެޖަކަށް ޔުނިވަސިޓީއެއްގެ ދަރަޖަ ލިބޭނެހެން މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް މިއަދު އިސްލާހެއް ގެނެސްފިއެވެ.

މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވި އެ އިސްލާހު މަޖިލީހުން މިއަދު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެންބަރުންގެ އިއްތިފާގުންނެވެ.

މި އިސްލާހުގެ މަގުސަދަކީ ދިވެހިރާއްޖޭގައި މަތީ ތައުލީމުގެ ދޮރު މިހާރަށްވުރެ ބޮޑަށް ހުޅުވާލައި، ވަސީލަތްތަކާއި ގާބިލުކަން ހުރި ފަރާތްތަކަށް ރާއްޖޭގައި ޔުނިވަސިޓީ ތައުލީމު ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. އެގޮތުން ކޮލެޖެއް، ޔުނިވަސިޓީއަކަށް ބަދަލުކުރަން އެދޭއިރު އެ ކޮލެޖަކީ ހިންގާތާ 15 އަހަރުވެފައިވާ ކޮލެޖަކަށް ވާންޖެހޭނެއެވެ.

މައުޟޫޢުތަށް