އައްޑޫ ޝަންގްރިއްލާ ރިސޯޓު ހުޅުވުމަށް ވަމުންދާ އެންމެ ފަހުގެ ތައްޔާރީތައް ރައީސަށް ދައްކާލައިފި
ސަން
5 ނޮވެމްބަރު 2025 | ބުދަ | 9:43
މިއަހަރު ނިމުމުގެ ކުރިން ހުޅުވުމަށް މަސައްކަތްކުރާ ޝަންގްރިއްލާ ވިލިނގިލި ރިސޯޓު ހުޅުވުމަށް ޓަކައި ވަމުންދާ ތައްޔާރީތައް، ޝަންގްރިއްލާއިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިއަދު ދައްކާލައިފިއެވެ.
އިއްޔެއާއި މިއަދު ފުވައްމުލަކާއި އައްޑުއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އައްޑޫގެ މައި އަވަށް ހިތަދުއަށް ވަޑައިގަތުމުގެ ކުރިން ރައީސް ވަނީ، އެމްއެންޑީއެފް އެއާ ކޯގެ ފުރަތަމަ އެއާ ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު ގަމުން ޝަންގްރިއްލާއަށް ވަޑައިގެންފައެވެ.
ރައީސް އޮފީހުން ބުނީ، ރައީސްގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ ބައެއް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގައި އައްޑޫ ތަމްސީލުކުރައްވާ ބައެއް މެންބަރުން މި ޒިޔާރަތުގައި ބައިވެރިވެވަޑައިގެންނެވި ކަމަށާއި، އެގޮތުން ރިސޯޓު ހުޅުވުމަށް ޓަކައި މިހާރު ވަމުންދާ އެންމެ ފަހުގެ ތައްޔާރީތައް ޝަންގްރިއްލާ ކުންފުނީގެ މެނޭޖްމަންޓުން ޕްރެޒެންޓޭޝަނެއްގެ ސިފައިގައި ސަރުކާރާ ހިއްސާކުރި ކަމަށެވެ.