"އުދާސްތައް ހިއްސާކުރާނެ ފުރުސަތު ނުދިން" ކަމަށް ވިދާޅުވެ ނިޒާރު ޖަލްސާ ބޮއިކޮޓްކުރައްވައިފި
ސަން
5 ނޮވެމްބަރު 2025 | ބުދަ | 9:59
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާޒިރުގައި ރައްޔިތުންގެ ބައިވަރު ކަންބޮޑުވުންތައް ހިއްސާކުރަން އެބަހުރި ކަމަށާއި، އެ ފުރުސަތު ނުދިން ކަމަށް ވިދާޅުވެ، އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ރައީސްގެ ޖަލްސާ ބޯއިކޮޓްކުރައްވައިފިއެވެ.
ނިޒާރު 'ސަން'އަށް މިރޭ ވިދާޅުވީ، އައްޑުއަށް ދިމާވެފައިވާ، އެ ސިޓީގެ ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި ބޮޑެތި މައްސަލަތައް ކަމަށްވާ ކަރަންޓުގެ މައްސަލައާއި މަގުތަކުގެ މައްސަލަ ހިމެނޭހެން ބައިވަރު މައްސަލަތައް ރައީސްގެ ހާޒިރުގައި ހިއްސާކުރަންޖެހޭ ކަމަށާއި، ނަމަވެސް އެ ފުރުސަތު ނުދެންޏާ ޖަލްސާއަށް ހާޒިރުވުމުގެ ބޭނުމެއް ނެތް ކަމަށެވެ.
ބައެއް އެހެން ރަށްރަށުގެ ކައުންސިލްތަކުގެ ރައީސުންނަށް، ރައީސް ބައިވެރިވެވަޑައިގަންނަވާ ޖަލްސާތަކުގައި ވާހަކަ ދެއްކެވުމަށް ފުރުސަތު ލިބޭކަން ފާހަގަކުރައްވައި ނިޒާރު ވިދާޅުވިގޮތުގައި ރައީސްގެ ދަތުރުފުޅާ ދިމާކޮށް އައްޑޫ ކައުންސިލުން އިންތިޒާމުތައް ހަމަޖައްސައިދީ ރައީސްގެ އިވެންޓްތަކުގައި ވެސް ވަނީ ބައިވެރިވެފައެވެ.