ކަރިކިޔުލަމަށް އިސްކަން ދޭ ފަދައިން ޓީޗަރުންގެ ނަފްސާނީ ދުޅަހެޔޮ ކަމަށް އިސްކަން ދެން: އެޑިއުކޭޝަން

ސަން

6 ނޮވެމްބަރު 2025 | ބުރާސްފަތި | 9:54

މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

އަޙްމަދު މިގޮތަށް ވިދާޅުވީ އުޒްބެކިސްތާނުގައި މިހާރު ކުރިއަށްދާ ޔުނެސްކޯގެ 43 ވަނަ ޖެނެރަލް ކޮންފަރެންސްގައި ދިވެހިރާއްޖޭގެ ފަރާތުން ހުށަހެޅުއްވި ކަންޓްރީ ސްޓޭޓްމަންޓްގައެވެ.

މި ބަޔާނުގައި ޑރ. އަޙްމަދު ވަނީ މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަން ފާހަގަކުރައްވާފައެވެ. އަދި އެކަމަށްޓަކައި ކުރެވެމުން އަންނަ މުހިންމު މަސައްކަތްތައް ހިއްސާކުރެއްވިއެވެ. އެގޮތުން, މުދައްރިސުންނަށް ނަފްސާނީ ފުރަތަމަ އެހީ ލިބޭނެ ގޮތް ހަމަޖެއްސުމާއި, ފަންނީ ކުރިއެރުމާއި، މަސައްކަތުގެ މާޙައުލުގެ ފެންވަރު ރަނގަޅުކުރުމަށް ގައުމީ ޕްރޮގްރާމްތައް ކުރިއަށް ގެންދާކަން ފާހަގަކުރެއްވިއެވެ.

މައުޟޫޢުތަށް