ކުޑަ ކުދިންގެ ޖިންސީ މަންޒަރު ބެލުން އެންމެ ގިނަ ގައުމުތަކުގެ ތެރޭގައި ރާއްޖެ
ސަން
6 ނޮވެމްބަރު 2025 | ބުރާސްފަތި | 10:04
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ފެންނަ މެޓީރިއަލް ދެކުނު އޭޝިއާއިން އެންމެ ފަސޭހައިން ލިބެން ހުންނަ ގައުމަކީ ރާއްޖެ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައުލޫމާތު އެއްކޮށް، އެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރާ ޗައިލްޑްލައިޓް ޖަމިއްޔާއިން އާންމުކޮށްފައިވާ މައުލޫމާތުގައި ވަނީ، ދެކުނު އޭޝިއާ ސަރަހައްދުގައި ޗައިލްޑް ސެކްސް އެބިއުޒް މެޓީރިއަލް ނުވަތަ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މަންޒަރު ފެންނަ ވީޑިއޯއާއި ފޮޓޯއާއި އޭއައި މެދުވެރިކޮށް އުފައްދާފައިވާ އެފަދަ ތަކެތި އުފައްދާ މިންވަރާއި ލިބެން ހުންނަ މިންވަރު ހާމަކޮށްފައެވެ.
އެ މައުލޫމާތު ބިނާކޮށްފައިވަނީ މިދިޔަ އަހަރު ނެޝަނަލް ސެންޓާ ފޯ މިސިން އެންޑް އެކްސްޕްލޮއިޓެޑް ޗިލްޑްރެން (އެންސީއެމްއީސީ)އަށް ކޮށްފައިވާ ރިޕޯޓުތަކަށެވެ.