ރާއްޖެ ބަނގުރޫޓުވުން ގާތް ކަމަށް މިހާރު ނުދެކޭ، ބޭރުގެ އިތުބާރު އަލުން ލިބިއްޖެ: ޒަމީރު
ސަން
6 ނޮވެމްބަރު 2025 | ބުރާސްފަތި | 12:22
ރާއްޖެ ބަނގުރޫޓުވުން ގާތް ކަމަށް ބޭރުން މިހާރު ނުދެކޭ ކަމަށާއި މި ގައުމަށް ބައިނަލްއަގުވާމީ ގޮތުން އިތުބާރު އަލުން ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.
ސަރުކާރުން 206 މަޝްރޫއެއް އަމިއްލަ ކުންފުނިތަކާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޒަމީރު ވިދާޅުވީ، މި ސަރުކާރަށް ވާރުތަވި ބޮޑު ދަރަނީގެ އެއް ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ފާއިތުވި ދެ އަހަރު ތެރޭ ދައްކައިފައިވާ ކަމަށެވެ. އަދި މި އަހަރުގެ ފުރަތަމަ 40 ހަފުތާގައި ދައުލަތް ހިންގީ ސާޕްލަސްގައި، ޚަރަދަށް ވުރެ އާމްދަނީ ބޮޑުކޮށްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެއީ ޒިންމާދާރު ފިސްކަލް މެނޭޖްމެންޓްގެ ނަތީޖާ ކަމަށެވެ.
"ދިވެހިރާއްޖެއަކީ ބަނގުރޫޓުވުމުގެ ތުންފަތްމަތީގައިވާ ގައުމެއް ކަމަށް މިހާރު ނުދެކޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު އެއް ހިތްހަމަޖެހުން ބައިނަލްއަގުވާމީ އިތުބާރު އަލުން ގާއިމުކޮށް، ބޭރު ގައުމުތަކުގެ ކިބައިން ދަރަނީގެ ލުއިތައް ހޯދައިފައިވޭ، ރާއްޖެއަކީ އިތުބާރުހުރި ބައިވެރިއެއްގެ ގޮތުގައި މިހާރު ވަނީ ބަލައިގަންނަން ފަށައިފައި،" ޒަމީރު ވިދާޅުވިއެވެ.