ބަނގުރޫޓުކުރަން ޑިޒައިންކޮށްފައި އޮތް އިގްތިސާދު ރަނގަޅު މިސްރާބަކަށް ގެންދެވިއްޖެ: ރައީސް

ސަން

6 ނޮވެމްބަރު 2025 | ބުރާސްފަތި | 2:00

ބަނގުރޫޓުވާނެ ގޮތަކަށް ބައްޓަންކޮށްފައި އޮތް ރާއްޖޭގެ އިގްތިސާދު ރަނގަޅު މިސްރާބަކަށް ގެންދެވިއްޖެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިގޮތަށް ވިދާޅުވީ އުމްރާނީ ތަރައްގީގެ ހާއްސަ މަޝްރޫއުތައް ކުންފުނިތަކާ ހަވާލުކުރުމަށް މިއަދު ބާސެލޯ ނަސަންދުރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވަނީ އެމަނިކުފާނު އެންމެ ފުރަތަމަ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ އިގްތިސާދު އޮތީ ބަނގުރޫޓުވާންދާ ގޮތަށް ޑިޒައިންކޮށްފައި ކަމަށް ވިދާޅުވެފައެވެ. އަދި ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއެކު މިހާރު އިގްތިސާދު ކޮޅަށް ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

މައުޟޫޢުތަށް