އަންހެން ވިޔަފާރިވެރިންނަށް 250،000 ރުފިޔާއާ ހަމައަށް ފައިނޭންސިން ލިބޭ ސްކީމެއް

ސަން

6 ނޮވެމްބަރު 2025 | ބުރާސްފަތި | 3:14

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)އިން، ވިޔަފާރީގެ ދާއިރާއަށް ނުކުތުމަށް ބޭނުންވާ އަންހެނުންނަށް ޚާއްސަ އައު ފައިނޭންސިން ސްކީމަށް އެޕްލިކޭޝަން ހުށަހެޅުމަށް މިއަދު ހުޅުވާލައިފިއެވެ.

މި ސްކީމުގެ ދަށުން ވިޔަފާރި މުޅިން އަލަށް ފެށުމަށް ބޭނުންވާ މީހުންނަށާއި މިހާރު ވެސް ވިޔަފާރިތައް ހިންގާ މީހުންނަށް، ތަފާތު އެކި ދާއިރާތަކަށް އަމާޒުކޮށްގެން އެސްޑީއެފްސީން ފައިނޭންސިން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.

މި އައު ސްކީމްގެ ދަށުން، ޝަރީޢާ އުސޫލުތަކުގެ ތެރެއިން 25,000 ރުފިޔާއިން ފެށިގެން 250,000 ރުފިޔާއާ ހަމައަށް ފައިނޭންސިން ލިބޭނެއެވެ. މި ފެސިލިޓީ ދެއްކުމަށް ގިނަވެގެން 12 މަސް ދުވަހުގެ ގްރޭސް ޕީރިއަޑަކާއެކު ހަތް އަހަރު ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށް އެސްޑީއެފްސީން ބުންޏެވެ. އެއްވެސް ރަހުނަކާ ނުލައި ދޫކުރާ މި ފައިނޭންސިން ފެސިލިޓީގެ ފައިދާ ރޭޓަކީ އަހަރަކު 9.5 ޕަސެންޓެވެ.

މައުޟޫޢުތަށް