ވޭޕު ބޭނުންކޮށްގެން މިދިޔަ މަހު 2 ލައްކަ ރުފިޔާގެ ބޮޑު ޖޫރިމަނާއެއް

ސަން

6 ނޮވެމްބަރު 2025 | ބުރާސްފަތި | 9:37

ވޭޕާއި، އީ-ސިނގިރޭޓާ ގުޅުންހުރި އެކި މައްސަލަތަކުގައި މި ނިމުނު އޮކްޓޯބަރު ޖުމްލަ 226،000 ރުފިޔާގެ ބޮޑު ޖޫރިމަނާއެއް ކޮށްފިއެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު 35 މީހުން ވޭޕާއި، އީ-ސިނގިރޭޓުގެ އެކިއެކި މުއާމަލާތް ކޮށްގެން ޖޫރިމަނާކޮށްފައިވެއެވެ. އެއީ:

ފުލުހުން ހާމަކުރި ގޮތުގައި ޖޫރިމަނާގެ ޖުމްލަ އަދަދު 226،000 ރުފިޔާއަށް އަރައެވެ. އޭގެ ތެރެއިން 104،000 ރުފިޔާއަކީ ވޭޕްކޮށްގެން ކުރި ޖޫރިމަނާއެވެ. އަދި ވޭޕް ގެންގުޅެގެން 97،000 ރުފިޔާގެ ޖޫރިމަނާއެއް ކުރިއިރު ވޭޕާއި، އީ-ސިނގިރޭޓު ގަނެ، ވިއްކައިގެން 20،000 ރުފިޔާގެ ޖޫރިމަނާއެއް ވަނީ ކޮށްފައެވެ. ބާކީ 5،000 ރުފިޔާއަކީ ވޭޕާ ގުޅުންހުރި އެހެނިހެން މައްސަލަތަކުގައި ޖޫރިމަނާކޮށްފައިވާ ފައިސާއެވެ.

މައުޟޫޢުތަށް