އުފާވެރި، ހިތާމަވެރި، ޝައުގުވެރި ތަޖުރިބާތަކުގެ ތެރެއިން ކާމިޔާބީއަށް ވާސިލުވާ މީހާ އެވަނީ 'މީހަކަށް': ޑރ. އަޝްރަފް

ސަން

6 ނޮވެމްބަރު 2025 | ބުރާސްފަތި | 11:26

ދިރިއުޅުމުގައި އުފާވެރި، ހިތާމަވެރި އަދި ޝައުގުވެރި ތަޖުރިބާތަކުގެ ތެރެއިން ކާމިޔާބީއަށް ވާސިލުވާ މީހާ އެވަނީ 'މީހަކަށް' ކަމަށް ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް މިއަދު ވިދާޅުވެއްޖެއެވެ.

ޞަލާޙުއްދީން ސްކޫލުގެ ފުރަތަމަ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން އަޝްރަފް ވިދާޅުވީ ކާމިޔާބީއާ ހަމައަށް ވާސިލުވުމުގައި މީހާގެ ހަޔާތުގައި އަންނަ ބަދަލުތަކަށް ސަމާލުވާންޖެހޭނެ ކަމަށެވެ. އެ ބަދަލުތަކުގެ ތެރޭގައި އުފާވެރި، ހިތާމަވެރި ނުވަތަ ޝައުގުވެރި ތަޖުރިބާތައް ކުރަންޖެހޭނެ ކަމަށާއި، ކާމިޔާބީއާ ހަމައަށް ވާސިލުވެވޭވީ އެ ހުރިހާ ތަޖުރިބާތަކެއް އުނދަގުލުން ނަމަވެސް ކަޑައްތު ކޮށްގެން ކަމަށް އަޝްރަފް ވިދާޅުވިއެވެ.

"އިބުރަތް ލިބިގަނެ އުފާވެރި، ހިތާމަވެރި، ޝައުގުވެރި ތަޖުރިބާތަކުގެ ތެރެއިން ފޭދިގެން ގޮސް ކާމިޔާބަކާ ހަމައަށް ވާސިލުވާ މީހާ އެވަނީ 'މީހަކަށް'،" ދަރިވަރުންނަށް ނަސޭހަތްތެރިވެވަޑައިގެން އަޝްރަފް ވިދާޅުވިއެވެ.

މައުޟޫޢުތަށް