ގިނަ ކޮޅުވެއްޓިތަކުގައި މަސަކައްކަތްކުރަނީ ނާގާބިލު ކެޕްޓަނުން: މިނިސްޓްރީ
ސަން
7 ނޮވެމްބަރު 2025 | ހުކުރު | 12:15
ކޮޅުވެއްޓިއާއި ޓަގުބޯޓުފަހަރުގައި މިހާތަނަށް މަސައްކަތްކުރަމުން އައީ އެ އުޅަނދުފަހަރު އޮޕަރޭޓްކުރުމުގެ އެއްވެސް ގާބިލުކަމެއް ނެތް ކެޕްޓަނުން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިރޭ ބުނެފިއެވެ.
ކޮޅުވެއްޓިފަހަރުގައި ގާބިލުކަމެއް ނެތް ކެޕްޓަނުން މިހާތަނަށް މަސައްކަތްކުރަމުން އައި ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، މިދިޔަ އާދީއްތަ ދުވަހު މާލޭގައި ހުންނަ އެމްޕީއެލްގެ މައި ބަނދަރާ ދިމާލުން ބޭރުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ހިނގި ހާދިސާގައި ދެ މީހަކު ނިޔާވުމާ ގުޅިގެންނެވެ.
އެ ހާދިސާ ހިނގިގޮތް ބަލައި އެމްޕީއެލުން ވަނީ ބަޔާނެއް ނެރެފައެވެ. އެގޮތުން ބަންޑުން ޖަހާލި ކޮޅުވެއްޓި ދުއްވަން ހުރި މީހާއަކީ އެ ކަމުގެ އެއްވެސް ލައިސަންސެއް އޮތް މީހެއްނޫން ކަމަށާއި އެ ކަމަށް އިރުޝާދު ދިނުމުގެ ގާބިލުކަމެއް ނެތް މީހެއް ކަމަށް އެމްޕީއެލުން ނެރުނު އެ ބަޔާނުގައިވެއެވެ.