އަންނަ އަހަރު ޚަރަދު ފޫނުބެއްދޭނެ، މަޝްރޫއެއް ނުހިންގޭނެ، ފައިސާ ޗާޕްކުރާނެ: ޔާމީން
ސަން
7 ނޮވެމްބަރު 2025 | ހުކުރު | 10:48
މި ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި 64.2 ބިލިއަންގެ ރެކޯޑު ބަޖެޓުގައި، އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ 40 ބިލިއަން ރުފިޔާއިން ޚަރަދުތައް ފޫނުބެއްދޭނެ ކަމަށާއި، އެ އަދަދުން ބިޔަ އެއްވެސް މަޝްރޫއެއް މި ސަރުކާރަށް ނުހިންގޭނެ ކަމަށް، ކުރީގެ ރައީސް އަދި ޕީއެންއެފްގެ ރައީސް އަބްދުالله ޔާމީން ރޭ ވިދާޅުވެއްޖެއެވެ.
ސިލްސިލާކޮށް ޕީއެންއެފުން އެ ޕާޓީގެ އޮފީހުގައި ކޮންމެ ހަފުތާއަކު ބާއްވަމުން އަންނަ ޖަލްސާތަކުގެ ތެރެއިން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ، ބަޖެޓަށް ބަލާލުމުންވެސް މިއީ ޑެފިސިޓް ބޮޑު ބަޖެޓެއްކަން އެނގެން އެބައޮތް ކަމަށެވެ.
"ލިބޭ ފައިސާއަކީ 40 ބިލިއަން، ކުރަންޖެހޭ ޚަރަދު ނުވަތަ ޖުމްލަ ބަޖެޓަކީ 64 ބިލިއަން، އެހެންވީމާ މިއީ ޑެފިސިޓް ބަޖެޓެއް،" އެމަނިކުފާނު ވިދާޅުވިއެވެ.