ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޯޓެއް ޑްރޯންގެ އެހީގައި އަތުލައިގެންފި
ސަން
7 ނޮވެމްބަރު 2025 | ހުކުރު | 12:08
ރާއްޖޭގެ ކަނޑުގެ ސަރަަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު, ބޭރުގެ ބޯޓެއް, އެމްއެންޑީއެފް އެއާކޯއިން ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސެއްގައި އަތުލައިގެންފިއެވެ.
އެމްއެންޑީއެފްއިން މިއަދު ބުނީ ބޭރުގެ ބޯޓެއް ގާނޫނާހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތެރިވާކަން ފާހަގަކުރެވިގެން ކޯސްޓްގާޑު ސްޕެޝަލް ބޯޓް ސްކޮޑްރަނުން އެ ބޯޓާ އިންޓަސެޕްޓްކޮށް އެމްއެންޑީއެފްގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އެއީ ކޮން ގައުމެއްގެ ބޯޓެއް ކަމެއް, އަދި ކީއްކުރަން ރާއްޖެ ސަރަހައްދަށް ވަދެ އުޅުނު އުޅަނދެއް ކަމެއް އެމްއެންޑީއެފްއިން އަދި ނުބުނެއެވެ.