'ކޭޖީއެމް' ފިލްމް ޕްރިމިއާކޮށްފި، މުޅި އޮލިމްޕަހުގައި ހުނުމާއި މަޖަލުގެ އަޑު!
ސަން
7 ނޮވެމްބަރު 2025 | ހުކުރު | 2:33
ސެޓާން ސްޓޫޑިއޯއާއި ޝައި ޕްރޮޑަކަޝަން ގުޅިގެން އުފައްދާފައިވާ ކޮމެޑީ ފިލްމް "ކޮސް ގިނަ މިސްޓޭކް" (ކޭޖީއެމް) ޕްރިމިއާ ކޮށްފިއެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ އޮލިމްޕަހުގައި ޕްރިމިއާކުރި މި ފިލްމުގެ ޓްރެއިލާއާއި ޕޯސްޓަރު ލޯންޗްކޮށްފައިވާއިރު، ފިލްމްގެ ޕޯސްޓަރުން އެކަނި ވެސް ފިލްމްގެ މަޖާކަން ފެނެއެވެ. ފިލްމްގެ ޓްރެއިލާއިން ވަނީ އެކްޓަރުންގެ މޮޅު އެކްޓިންގައި ކެމެރާ އަދި އެޑިޓިންގެ ފުރިހަމަކަން ދައްކުވައިދީފައެވެ. ފިލްމު ބެލުމަށްފަހު އޮލިމްޕަހުން ނިކުތް ކޮންމެ މީހެއްގެ ދުލުން ވެސް ބުނަނީ "ހީހީ ގޮސް ބަނޑަށް ވެސް ތަދުވެއްޖެ،" ކަމަށެވެ.
"ކޮސް ގިނަ މިސްޓޭކް" ވެފައި ވަނީ މި އަހަރު އޮލިމްޕަހުގައި ރަހަތަފާތު ކޮށްލި ފިލްމަކަށެވެ. ލޯބީގެ އިތުރުން ހިތްދަތި ކަމާއި، އިޖުތިމާއީ ފިލްމުތަކަށް ފަހު ބެލުންތެރިން ހެއްވާލާ މާޖާ ފިލްމެއްގެ ގޮތުގައި ކޮސްގިނަ މިސްޓޭކް އޮލިމްޕަސް ސިނަމާއަށް އައިއިރު، ފިލްމު ބެލުމަށް އޮތް ޑިމާންޑު ވެސް ބޮޑެވެ.