މީހުން ބާލަން ރައީސް ނިންމެވި ހިރިމަރަދޫގައި 4 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ހިންގަން ހަވާލުކޮށްފި

ސަން

7 ނޮވެމްބަރު 2025 | ހުކުރު | 2:22

އާބާދީ ވަރަށް މަދު ހދ. ހިރިމަދޫން މީހުން ބަދަލު ކުރާނެކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާއިރު އެ ރަށުގައި ބޮޑު ޕްރޮޖެކްޓެއް ހިންގަން ސަރުކާރުން އިއްޔެ އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުގެ ދަށުން ސަރުކާރުން އިއްޔެ ވަނީ 206 މަޝްރޫއެއް ހިންގަން އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފައެވެ. މިއީ ތަރައްގީގައި ރެކޯޑެއް ކަމަށް ސަރުކާރުން ބުނެއެވެ.

އެ ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިރިމަރަދޫގައި, "ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރެއް" ގާއިމު ކުރުމަށް ވަނީ, "ބިލްޑްޓެކް" ކިޔާ އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފައެވެ.

މައުޟޫޢުތަށް