ރޯކޮށްލި މަތިކިޅި އަލުން މަރާމާތުކުރަން ބީލަމަށް ހުޅުވާލައިފި

ސަން

7 ނޮވެމްބަރު 2025 | ހުކުރު | 2:52

އައްޑޫ ސިޓީ، މީދޫގައި ހިމާޔަތްކުރެވިފައިވާ 'މަތިކިޅި'ގައި ރޯކޮށްލުމުގެ ސަބަބުން އެ ސަރަހައްދު އެއްކޮށްހެން އަނދައިފައިވާއިރު، އަލުން އެ ސަރަހައްދު މަރާމާތުކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ބީލަމަށް ހުޅުވާލައިފިއެވެ.

މަތިކިޅީގައި ރޯވެގެން އެމްއެންޑީއެފަށް ރިޕޯޓުކުރީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހުގެ ހެނދުނު 10:37 ހާއިރުއެވެ. އޭރު ބަޔަކު ގަސްތުގައި ރޯކުރި ކަމަށް އައްޑޫ ސިޓީ ކައުންސިލުން ތުހުމަތުކޮށްފައިވެއެވެ.

އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ މަތިކިޅި މަރާމާތުކުރުމުގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުސޫލުން ކޮށްދޭނެ ބަޔަކު ހޯދަން ބީލަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ. އަދި މި މަހުގެ 25ވަނަ ދުވަހު އެ ކައުންސިލް އިދާރާގައި އެކަމާ ގުޅޭ ބީލަން ހުޅުވުން އޮންނާނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

މައުޟޫޢުތަށް