ހާލުގައި އޮތް، ފެނަކައަށް ގިނަ އަދަދެއްގެ ޖެނެރޭޓާ ސްޕެއާސް ގަންނަނީ

ސަން

7 ނޮވެމްބަރު 2025 | ހުކުރު | 3:02

ޒަމާނުންސުރެ ހިންގަމުން އައި ކޮރަޕްޝަނާއި މިސްމެނޭޖު ކަމުގެ ސަބަބުން މާލީ ގޮތުން ވަރަށް ދަށް ހާލަތެއްގައި އޮތް ފެނަކަ ކޯޕަރޭޝަނަށް, ގިނަ އަދަދެއްގެ ޖެނެރޭޓާ ސްޕެއާސް ގަތުމަށް އިއުލާން ކޮށްފިއެވެ.

ފެނަކައިގެ ކޮންމެ އޮޑިޓް ރިޕޯޓެއްގައިހެން ކޮރަޕްޝަންގެ ހުތުރު އެތައް މައްސަލައެއް ފެންމަތިވާއިރު ޖެނެރޭޓަރާއި އެއަށް ބޭނުންވާ އެކިއެކި އާލާތްތައް ގަތުމުގައި ކޮރަޕްޝަން ހިންގުމަކީ ވަރަށް އާއްމު ކަމެކެވެ.

ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމާއި ނިމިދިޔަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ވެސް މިފަދަ ކަންކަން ފެންމަތިވިއެވެ. އެންމެ ފަހުން ނެރުނު އެމްޑީޕީ ސަރުކާރުގެ ފެނަކައިގެ އޮޑިޓް ރިޕޯޓުން އެނގޭގޮތުގައި ބޭނުންކޮށްފައި ހުރި ދެ މިލިއަން ރުފިޔާގެ ޖަނަރޭޓަރުތަކެއް ފެނަކައަށް އައު ޖަނަރޭޓަރުގެ ގޮތުގައި 17 މިލިއަން ރުފިޔާއަށް ގަނެފައިވެއެވެ.

މައުޟޫޢުތަށް