"މީހުން ބަދަލުކުރަން ނިންމި ހިރިމަރަދޫގައި 4 މިލިއަންގެ ޕްރޮޖެކްޓު ހިންގަނީ އަދި، މީހުން ދިރިއުޅޭތީ"
ސަން
7 ނޮވެމްބަރު 2025 | ހުކުރު | 6:52
އާބާދީ ވަރަށް މަދު ހދ. ހިރިމަދޫން މީހުން ބަދަލު ކުރާނެކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއުލާން ކުރައްވާފައި ވަނިކޮށް އެ ރަށުގައި ބޮޑު ޕްރޮޖެކްޓެއް ހިންގަން ސަރުކާރުން އިއްޔެ އަމިއްލަ ކުންފުންޏަކާ ހަވާލުކުރީ، މީހުން އަދިވެސް ދިރިއުޅޭތީ ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.
ކޮންޓްރެކްޓާ ފައިނޭންސް އުސޫލުގެ ދަށުން ސަރުކާރުން އިއްޔެ ވަނީ 206 މަޝްރޫއެއް ހިންގަން އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފައެވެ. މިއީ ތަރައްގީގައި ރެކޯޑެއް ކަމަށް ސަރުކާރުން ބުނެއެވެ.
އެ ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިރިމަރަދޫގައި, "ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރެއް" ގާއިމު ކުރުމަށް ވަނީ, "ބިލްޑްޓެކް" ކިޔާ އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފައެވެ.