އައްޑޫ ފިށިމަތި ސަރަހައްދު ނުހިއްކިގެން އުޅެންޖެހޭ އެއްވެސް ސަބަބެއް ނެތް: ނަޝީދު

ސަން

7 ނޮވެމްބަރު 2025 | ހުކުރު | 8:25

އައްޑޫ ސިޓީ، ހިތަދޫގައި އޮންނަ "މޫލެކެޑޭ ފިށިމަތި" ސަރަހައްދު ހިއްކައި މަގެއް ހެދުމަށް ސަރުކާރުން ނިންމުމާއެކު، އެ ސަރަހަދައްކީ މިހާރުވެސް މަގެއް އޮތް ސަރަހައްދެއް ކަމަށާއި، ނުހިއްކައި ފަރުނުޖެހިގެން އުޅެންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުން އެ ސަރަހައްދު ހިއްކުމަށް ނިންމީ ހިތަދޫ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިންނެވެ. އެގޮތުން ލިންކު ރޯޑު ކައިރިން ނުބައި ވަސް ދުވުމާއި މަގު އެއްވަރުކުރުމަށް ރައްޔިތުން އެދުމާ ގުޅިގެން އެ ސަރަހައްދު ހިއްކަން ސަރުކާރުން ނިންމީއެވެ.

ނަމަވެސް އެ މަޝްރޫއު ހުއްޓާލުމަށް އެދި އައްޑޫގެ ތިމާވެށި ހިމާޔަތްކުރާ ޖަމިއްޔާއެއް ކަމަށްވާ 'ތިމާވެށި' އިން ވަނީ މިފަހުން ރައީސް ޑރ. މުހައްމަދި މުއިއްޒަށް ސިޓީއެއް ވެސް ހަވާލުކޮށްފައެވެ.

މައުޟޫޢުތަށް