2 ދުވަސް ތެރޭ ހުޅުމާލެއިން 47 އުޅަނދު ޓޯކޮށް 18 މީހަކު ޖޫރިމަނާކޮށްފި
ސަން
7 ނޮވެމްބަރު 2025 | ހުކުރު | 9:34
މިދިޔަ ދެ ދުވަހުގެ ތެރެއިން ހުޅުމާލެއިން 47 އުޅަނދު ޓޯކޮށް 18 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން މިރޭ ބުނެފިއެވެ.
މާލެއާއި ހުޅުމާލޭގައި ނުގަވައިދުން ޕާކުކުރުމާއި، ނުރައްކާތެރިކޮށް ދުއްވާ މީހުންގެ އުޅަނދު ޓޯކުރުމުގެ މަސައްކަތް ފުލުހުން ވަނީ މިހާރަކަށް އައިސް އިތުރުކޮށްފައެވެ
މިދިޔަ ދެ ދުވަހު ހުޅުމާލެއިން ޓޯކުރި އުޅަނދުތަކުގެ ތަފާސް ހިސާބުތައް އާންމުކުރަމުން ފުލުހުން ބުނީ، ހުޅުމާލެއިން ޖުމްލަ 47 އުޅަނދު ޓޯކުރި ކަމަށެވެ. އެއީ 46 ސައިކަލާއި، ހަތަރުފުރޮޅުލީ އެއް އުޅަނދެވެ.