ޕީއެންސީން ބާއްވާ ބައްދަލުވުމުން، ރާއްޖެ އޮތީ ކޮން ލީޑަރަކާއެކުކަން ސާފުކޮށް ފެންނާނެ: އަބްދުއްރަހީމް

ސަން

8 ނޮވެމްބަރު 2025 | ހޮނިހިރު | 12:36

އަންނަ ހުކުރު ދުވަހުގެ ރޭ ވެރިކަން ކުރާ ޕީއެންސީން ބާއްވާ ޖަލްސާއިން، ރާއްޖެ އޮތީ ކޮން ލީޑަރަކާ އެކީގައިކަން ވަރަށް ސާފުކޮށް ފެންނާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

ޕީއެންސީން އަންނަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ ޚާއްސަ ބައްދަލުވުމެއް އަންނަ ހުކުރު ދުވަހުގެ ރޭ އޮންނާނެ ކަމަށް ބުނެ އެ ބައްދަލުވުމަށް މީހުންނަށް ދައުވަތު ދެމުންނެވެ.

އެ ބައްދަލުވުމަށް މީހުންނަށް ދައުވަތު ދޭން ފެށުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތަކަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، އެ ޖަލްސާއަށް ރައްޔިތުން އަންނާނީ ރައީސް މިހާތަނަށް ކޮށްދެއްވި މަސައްކަތަށް ޝުކުރުވެރިވާތީ ކަމަށެވެ.

މައުޟޫޢުތަށް