ދާ ޖަހައިގެން ގިނަ އަދަދެއްގެ މަސް ހިފާ ވީޑިއޯއެއް، މިނިސްޓްރީން މައްސަލަ ބަލަނީ

ސަން

8 ނޮވެމްބަރު 2025 | ހޮނިހިރު | 1:56

ރަށެއްގެ ފަޅު ތެރޭގައި ދާ ޖަހައިގެން ގިނަ އަދަދެއްގެ މަސް ހިފާ މަންޒަރު ފެންނަ ވީޑިއޯއެއްގެ މައްސަލަ, ފިޝަރީޒް މިނިސްޓްރީން ބަލަން ފަށައިފިއެވެ.

ފޭސްބުކްގައި 'އިބްރާހީމް ނަޖެޓްޒް'ގެ ނަމުގައިވާ އެކައުންޓަކުން ހިއްސާކުރި ވީޑިއޯއެއްގައި ރަށެއްގެ ފަޅުތެރޭގައި ބޮޑު ދާ އަޅައިގެން ގިނަ އަދަދެއްގެ މަސް ހިފާ މަންޒަރު ފެނެއެވެ. އެ ދޯނީގެ ވަތުތެރެއަށް ވެސް ގިނަ އަދަދެއްގެ ބޮޑެތި ފަރުމަސް އަޅައިފައި ވަނިކޮށް ފެނެއެވެ.



މައުޟޫޢުތަށް