12 މީހުންނާއެކު، މުދާ ބަރުކޮށްގެން ދަތުރުކުރި ބޯޓެއް ފަރަކަށް އަރައި އަޑިއަށްދަނީ
ސަން
8 ނޮވެމްބަރު 2025 | ހޮނިހިރު | 12:17
މާލެއިން މުދާ ބަރުކޮށްގެން 12 މީހުންނާއެކު ގދ. ފަރެސްމާތޮޑާއަށް ދަތުރުކުރި 'ފަހިރޯޅި' ބޯޓު، ވ. ފެލިދޫ ކައިރި ފަރަކަށް އަރައިފިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ މާލެއިން މުދާ ބަރުކޮށްގެން ގދ. ފަރެސްމާތޮޑާއަށް ދަތުރުކުރި 'ފަހިރޯޅި' ބޯޓު، ވ. ފެލިދޫ ކައިރި ފަރަކަށް އަރާފައިވާކަމުގެ މައުލޫމާތު މިއަދު ފަތިހު 05:01 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ބޯޓުގައި ތިބި 12 މީހުން ފުލުހުންގެ އެހީތެރިކަމާއެކު ފެލިދޫއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.