ހައްގުތަކާއި މިނިވަންކަން ލިބިދިނުމުގައި އަމަލުކުރާނީ ދީނާ އެއްގޮތްވާ ގޮތުގެ މަތިން: އޭޖީ އޮފީސް

ސަން

8 ނޮވެމްބަރު 2025 | ހޮނިހިރު | 3:06

އިންސާނީ ހައްގުތަކާއި މިނިވަންކަން ލިބިދިނުމުގައި އަބަދުވެސް އަމަލު ކުރާނީ އިސްލާމްދީނުގެ ހަމަތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފިއެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ، ޔުނިވާސަލް ޕީރިއޮޑިކް ރިވިއުގެ ހަތަރު ވަނަ ސައިކަލް ރިވިއު ސެޝަން ނިމުމުން ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ، އެ ރިވިއު ސެޝަންގައި އިންސާނީ ހައްގުތައް ރައްކާތެރި ކުރުމުގައި ރާއްޖޭއިން ހާސިލުކޮށްފައިވާ ކާމިޔާބީއާއި މިހާތަނަށް ކުރެވިފައިވާ މަސައްކަތްތައް ހިއްސާކުރި ކަމަށެވެ.

ރާއްޖޭގައި އިންސާނީ ހައްގުތަކާއި މިނިވަންކަން ލިބިދިނުމުގައި ދިވެހި ސަރުކާރުން އަބަދުވެސް އަމަލުކުރާނީ ރާއްޖޭގެ ގާނޫނުއަސާސީއާއި އިސްލާމްދީނުގެ ހަމަތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށް އެ އޮފީހުން ބުންޏެވެ.

މައުޟޫޢުތަށް