ލޯކަލް ޓޫރިޒަމް ފުޅާވެ ކަރަންޓު ޑިމާންޑު ބޮޑުވާތީ، އުކުޅަހަށް އިތުރު ޖެންސެޓެއް

ސަން

8 ނޮވެމްބަރު 2025 | ހޮނިހިރު | 4:20

އއ. އުކުޅަހުގައި ލޯކަލް ޓޫރިޒަމް ފުޅާވެ، ކަރަންޓަށް އޮންނަ ޑިމާންޑު ބޮޑުވަމުން އަންނާތީ ސްޓެލްކޯއިން އެ ރަށަށް އިތުރު ޖެންސެޓެއް ފޮނުވައިފިއެވެ.

ސްޓެލްކޯއިން މިއަދު އެކްސްގައި ކުރި ޓްވީޓެއްގައި ވަނީ ލޯކަލް ޓުއަރިޒަމްގެ ދާއިރާއިންނާއި، އުމްރާނީ ގޮތުން އުކުޅަސް ތަރައްގީވަމުން އަންނަ ކަމަށެވެ. އަދި، އެ ރަށުގައި ކަރަންޓުގެ ޚިދުމަތަށް އޮތް ޑިމާންޑް އިތުރުވަމުން އަންނަކަން ވެސް އެ ކުންފުނިން ދެނެގަންނަ ކަމަށް ބުނެފައިވެއެވެ.

އެހެންވެ، ރަށުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި 1000 ކިލޯވޮޓްގެ އިތުރު ޖެންސެޓެއް މިހާރު އެ ރަށަށް ގެންގޮސްފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ. އެ ޖެންސެޓް އިންސްޓޯލްކޮށް، ބޭނުންކުރަން ފެށުމާއެކު އުކުޅަހުގެ ކަރަންޓު ޚިދުމަތް އިތުރަށް ފުރިހަމަވާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

މައުޟޫޢުތަށް