މި އަހަރު 2.3 މިލިއަން ފަތުރުވެރިން ނުގެނެވޭ ނަމަވެސް، އަންނަ އަހަރަށް 2.4 މިލިއަނުގެ އަމާޒެއް

ސަން

8 ނޮވެމްބަރު 2025 | ހޮނިހިރު | 4:56

މި އަހަރުގެ އަމާޒު ހާސިލުނުވެ އޮއްވައި، އަންނަ އަހަރު 2.4 މިލިއަން ފަތުރުވެރިން ރާއްޖެ ގެނެވޭނެ ކަމަށް ސަރުކާރުން ލަފާކޮށްފިއެވެ.

ސަރުކާރުން ވަނީ، މިއަހަރުގެ އަމާޒަކީ 2.3 މިލިއަން ފަތުރުވެރިން ގެނައުން ކަމަށް ބުނެފައެވެ. އެކަމަކު، އަހަރު ނިމެން ދެ މަހަށް ވުރެ ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު، އެ އަމާޒަށް ވާސިލުވާން އަދި ހަތަރު ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ގެންނަން ޖެހޭނެ ކަމަށް އެންމެ ފަހުގެ ހިސާބުތަކުން ދައްކައެވެ.

އަންނަ އަހަރަށް މަޖިލީހަށް ހުށަހެޅި ބަޖެޓު ފޮތުގައި މިއަހަރު އަންނަ ފަތުރުވެރިންގެ އަދަދު ވަނީ 2.2 މިލިއަނަށް ދަށްކޮފައެވެ.

މައުޟޫޢުތަށް