ކެޓްރީނާއަށް ދަރިއަކު ލިބުމާ ގުޅިގެން ރާއްޖެއިން މަރުހަބާ ކިޔައިފި
ސަން
8 ނޮވެމްބަރު 2025 | ހޮނިހިރު | 6:26
އިންޑިއާގެ މީޑިއާގެ ސަމާލުކަން އެންމެ ބޮޑަށް ލިބޭ ފިލްމީ ދެމަފިރިން ކަމަށްވާ ކެޓްރީނާ ކައިފް އާއި ވިކީ ކޯޝަލްއަށް ފިރިހެން ކުއްޖަކު ލިބުމާ އެކު ރާއްޖެއިން މަރުހަބާ ކިޔައިފިއެވެ.
އަންހެނުން އަދި ބަތަލާ ކެޓްރީނާ ކައިފް ވިހެއިކަން ވިކީ އިއުލާނުކުރީ އިއްޔެގެ ވަގުތެއްގައި އަމިއްލަ ރަސްމީ އިންސްޓަގްރާމް މެދުވެރިކޮށެވެ.
ކެޓްރީނާއަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން ހަދައިފައިވާ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ގްލޯބަލް އެމްބެސެޑަރު ވެސް މެއެވެ. އެއާއެކު މިއަދު ވިޒިޓް މޯލްޑިވްސްއިން އިންސްޓްގްރާމްގައި ކުރި ޕޯސްޓެއްގައި ވަނީ ކެޓްރީނާއަށް މަރުހަބާ ކިޔައިފައެވެ.