ރިޔާޒުގެ މަގާމު އިއާދަކޮށްދޭން ކޮމިޓީން ރައީސަށް ލަފާ އަރުވައިފި

ސަން

8 ނޮވެމްބަރު 2025 | ހޮނިހިރު | 9:56

ރާއްޖެއަށް ވަގަށް އެތެރެކުރި ގިނަ އަދަދެއްގެ ސިނގިރޭޓާ ގުޅޭ މައްސަލައަކާ ގުޅިގެން ކަސްޓަމްސްއިން މިދިޔަ މަހުގެ 29ވަނަ ދުވަހު ވަކިކުރި އެ ޚިދުމަތުގެ ޑެޕިއުޓީ ކޮމިޝަނަރު މަހްމޫދު ރިޔާޒުގެ ވަޒީފާ އިއާދަކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ އަރުވައިފިއެވެ.

ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ރައީސަށް އެ ލަފާ އެރުވީ މިދިޔަ ބުރާސްފަތި ދުވަހެވެ. އެކަން ހާމަކުރީ އެ ކޮމިޓީގެ މިރޭގެ ބައްދަލުވުމުގައި ކޮމިޓީގެ ނައިބު މުގައްރިރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހެވެ.

ކޮމިޓީގެ ފަރާތުން ނެރޭ ނޫސްބަޔާން އިއްވަވަމުން ފަލާހު ވިދާޅުވީ، ރިޔާޒު މަގާމުން ވަކިކުރަން ރައީސް ނިންމެވި ފަހުން ކޮމިޓީއަށް ލިބުނު އިތުރު މައުލޫމާތުތަކާ ގުޅިގެން ކޮމިޓީން ދިރާސާކުރުމަށްފަހު، ސިނގިރޭޓު ވަގަށް އެތެރެކުރި މައްސަލައިގައި ރިޔާޒުގެ ސީދާ ބައިވެރިވުމެއް ނެތްކަން ފާހަގަވި ކަމަށެވެ.

މައުޟޫޢުތަށް